ފެށުން 32:10 - ކިތާބުލް މުޤައްދަސާ10 އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި! အခန်းကိုကြည့်ပါ။ |
އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ.
އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.
މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.“
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“