Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:9 - ކިތާބުލް މުޤައްދަސާ

9 ތިޔަ ދެކަނބަލުންގެ ބައްޕަގެ އަތުގައި ހުރި ކަންބަޅި ބަކަރިތައް މި ގޮތުގެ މަތިން މާތްކަލާނގެ އަހަރެންނަށް ދެއްވައި އަދި އަހަރެންނަށް މުއްސަނދިކަން ދެއްވި.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:9
9 ပူးပေါင်းရင်းမြစ်များ  

ހުދު ކުލައިގެ ރޮނގު ދިގަށް ހުރި އޮފިތަކުގެ ކުރިމަތީގައި ބަކަރިތައް ޖިންސީގުޅުން ހިންގުމުން އެތަކެތި ވިހޭ ހުރިހާ ޅަ އެއްޗެހީގެ ގައިގައި ދިގަށް ރޮނގުދެމި، ލައްޖަހައި އަދި ތިކި ޖެހިފައި ހުއްޓެވެ.


އެއްދުވަހަކު ލަބާންގެ ފިރިހެން ދަރިން މިފަދައިން ވާހަކަ ދެއްކި އަޑު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވިއެވެ. ”⁠އަހަރެމެންގެ ބައްޕަގެ މިލްކުގައި ވީ ހުރިހާ މުދަލެއް ޔަޢުޤޫބު ނަގައިފި. އެފަދަ މުއްސަނދި ކަމެއް އޭނާއަށް ލިބިފައި އެވަނީ އަހަރެމެންގެ ބައްޕަގެ މުދަލުން!⁠“


ކަންބަޅިތައް ޖިމާޢުވަމުން ދިޔަ ދުވަސްވަރު އަހަރެންނަށް ހުވަފެނެއް ފެނުނު. އަހަރެންނަށް ހުވަފެނުގައި ފެނުނީ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) އެތަކެތީގެ ތެރެއިން ޖިމާޢުވި ހުރިހާ ގިތެލެއްގެ ހަށިގަނޑުގައި ލައް ނޫނީ ނިޝާނެއް ނުވަތަ ރޮނގު ދެމިގެންވާތީ.


މާތްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ކަލޭގެފާނު އަމަލު ކުރައްވާ. އަހަރެމެންގެ ބައްޕަގެ މުދައުވެރިކަމުން ނަންގަވައި އެކަލާނގެ ކަލޭގެފާނަށް ދެއްވި ތަނަވަސްކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޙައްޤެއް. މާތްކަލާނގެ ކަލޭގެފާނާމެދު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރައްވާ.⁠“


ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.


އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ