ފެށުން 31:55 - ކިތާބުލް މުޤައްދަސާ55 ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ލަބާން އޭނާގެ ދެ އަންހެން ދަރިންނާއި އަދި ކާފަ ދަރިންނަށް ބޮސްދީ ވަދާޢުގެ ސަލާމްކުރުމަށް ފަހު އޭނާގެ ސަހަރަށް ދިއުމަށް ފުރައިފިއެވެ. အခန်းကိုကြည့်ပါ။ |
ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް.