Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:54 - ކިތާބުލް މުޤައްދަސާ

54 އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:54
7 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނު ކިރުތުނބުން ވީއްލައި ކައިބޮއި އުޅެވެން ފެށުމުން އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނު ވަރަށް ބޮޑު ޖާފަތެއް ދެއްވިއެވެ.


އެހެންވެ އިސްޙާޤުގެފާނު ބޮޑު ޖާފަތެއް އެބޭކަލުންނަށް ތައްޔާރު ކުރެއްވިއެވެ. ދެން އެބޭކަލުން ކައި ބޮއި ހެއްދެވިއެވެ.


ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.


ދެން ޔަޘްރޫ ގޮސް މާތްކަލާނގެއަށް ޤުރުބާނީ ވެދުން ކުރާނެ ތަކެތި ހިފައިގެން އަތުވެއްޖެއެވެ. ހާރޫނުގެފާނާއި އިސްރާއީލީންގެ ބޮޑުން ވެސް މާތްކަލާނގެ ކިބަފުޅަށް ކުރެވުނު އެ ޤުރުބާނީގެ ހަފުލާގައި ބައިވެރިވިއެވެ.


އެކުދިން ބުންޏެވެ. ”⁠އާނ. އެކަލޭގެފާނު އެހެރެ ފެންނަނީ ތިބޭކަލުންގެ ކުރިމަތީގައި. އަވަހަށް ދުރުވޭ. އެކަލޭގެފާނު މިރަށަށް މިއަދު އެ ވަޑައިގެންނެވީ ޤުރުބާނީގެ ކަންތަކުގައި. މިހާރު ޤުރުބާނީ ކަތިލައި އަޅުކަން ކުރުމަށް މަޤާމުފުޅަށް މީހުން އެއްވަމުން އެބަދޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ