ފެށުން 31:50 - ކިތާބުލް މުޤައްދަސާ50 ލަބާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ތިބާ އަހަރެންގެ ދެ އަންހެން ދަރިންނަށް އިހާނެތިކޮށް ހިތައި އެހެން އަންހެނަކާއި ކައިވެނި ކުރިޔަސް އަހަރެންނަކަށް ނޭނގޭނެ. ނަމަވެސް ހަނދާންކުރާތި، އަހަރެމެން ދެމީހުންނާއިމެދު ހެކިވަނިވި ގޮތުގައި މާތްކަލާނގެ ބައްލަވާވޮޑިގެންވާނެ! အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ.