Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:5 - ކިތާބުލް މުޤައްދަސާ

5 އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:5
15 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“


އަހަރެންނަށް ފަސޭހަކަމާއެކު ތިބާގެ މައްޗަށް އަނިޔާވެރި ވެވިދާނެ. ނަމަވެސް ތިބާގެ ބަފައިކަލުން އަޅުކަންކުރައްވާ ކަލާނގެ، މާތްކަލާނގެ އަހަރެންނަށް އިންޒާރު ކުރެއްވީ ތިބާއަށް އެއްވެސް ގޮތަކުން އަނިޔާވެރި ނުވުމަށާއި ވަޢުދެއް ކުރުވައި ބިރުދައްކައި ނުހެދުމަށް.


އެހެންވެ ރާޙީލް އާއި ލައިއަތުއަށް ޔަޢުޤޫބުގެފާނު ކަންބަޅި ބަކަރިތައް ހުއިހެއްޕެވުމަށް ހުންނެވި މައިދާނަށް އައިސް އެކަލޭގެފާނާއި ބައްދަލު ކުރުމަށް އެންގެވިއެވެ.


ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު.


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.


ކަލޭގެފާނުގެ އަރިހުން މިފަދައިން އެދިވަޑައިގަތުމަށް އެކަލޭގެފާނު ވިދާޅުވި. ’⁠ތިބާގެ ބޭބެމެން ތިބާ އާއި މެދުގައި ކުރި ނުބައި ކަންތައްތަކާއި މެދުގައި އެބައިމީހުންނަށް މަޢާފްކޮށްދެއްވާށޭ.⁠‘ އެހެންވީމާ، އަހަރެމެންނަށް ކުރެވުނު ނުބައި ޢަމަލަށް އަހަރެމެންނަށް މިހާރު މަޢާފް ކޮށްދިނުމަށް އެދި އާދޭސް ދަންނަވަމު. އަހަރެމެންނަކީ ކަލޭގެފާނުގެ ބަފައިކަލުންގެ ރަސްކަލާނގެ މާތްކަލާނގެ އަޅުންމެ.⁠“ ޔޫސުފުގެފާނަށް މި ޚަބަރުފުޅު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ