Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:46 - ކިތާބުލް މުޤައްދަސާ

46 އަދި އެ އެހިލައިގެ ބުޑަށް އިތުރަށް ހިލަ އެޅުމަށް އެތަނުގައި ތިބި އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް އެންގެވިއެވެ. އެއަށް ފަހު ލަބާން އާއި ޔަޢުޤޫބުގެފާނު އެ ހިލައިގެ ކައިރީގައި ތިބެ ކައިބޮއި ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:46
11 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ.


ނަމަވެސް މިތަނުގައި ވީ ހުރިހާ އެންމެންގެ ތެރެއިން އެއްވެސް ފަރާތެއްގެ އަތުން ތިބާގެ ގޭގައި ބެހެއްޓިފައިހުރި ތިބާގެ ކަލާނގެ ތައް ފެނިއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް ޙައްޤުވާނެ! މިކަމުގައި މިތަނުގައި މިތިބަ އަހަރެމެންގެ ގާތްތިމާގެ ފަރާތްތައް ހެކިކުރަމު. އެންމެހާ ތަކެތި ބަލާ. އަދި ތިބާއަށް މިލްކުވެގެންވާ މުދަލެއްވާނަމަ އެ މުދަލެއް ތިބާ ގެންދޭ.⁠“ މި ހިނދު ރާޙީލް ލަބާންގެ ކަލާނގެތައް ވަގަށް ނެގިކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގެންނެއް ނުވެއެވެ.


އަހަރެންގެ މިލްކުގައި ވާނަމަ ވާހައި ތަކެއްޗެއް ތިބާ ހޯދައިފި. އެ ތަކެތީގެ ތެރެއިން ތިބާގެ އެއްޗެއް ފެނުނުތަ؟ ތިބާގެ އެއްޗެއް އަހަރެންގެ މުދަލުގެ ތެރޭގައިވާނަމަ މިތާނގައި ތިބި އަހަރެމެން ދެމީހުންގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި ނެރެ ހާމަ ކޮށްދީ. އޭރުން އަހަރެމެން ދެމީހުންގެ ތެރެއިން ތެދުހަދަނީ ކާކުތޯ އެމީހުން ނިންމާނެ.


އެގޮތުން ޔަޢުޤޫބުގެފާނު ހިލައެއް ގެންނަވައި އެތަނުގައި އެ ހިލަ ތަނބެއްހެން ކޮޅަށް ޖެއްސެވިއެވެ.


އަދި ލަބާން އޭނާގެ ބަސްކަމުގައިވާ އަރަމައިކް ބަހުން އެތަނަށް ”⁠ޔަޖަރް ސަހްދޫޘާ⁠“ ގެ ނަމުން ނަންދިނެވެ. އަދި ޔަޢުޤޫބުގެފާނުގެ ބަސްފުޅު ކަމުގައިވާ ޢިބްރާނީ ބަހުން އެތަނަށް ”⁠ޖަލްޢީދު⁠“ ގެ ނަމުން ނަން ދެއްވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.


އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ