45 އެގޮތުން ޔަޢުޤޫބުގެފާނު ހިލައެއް ގެންނަވައި އެތަނުގައި އެ ހިލަ ތަނބެއްހެން ކޮޅަށް ޖެއްސެވިއެވެ.
އަދި އެ އެހިލައިގެ ބުޑަށް އިތުރަށް ހިލަ އެޅުމަށް އެތަނުގައި ތިބި އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް އެންގެވިއެވެ. އެއަށް ފަހު ލަބާން އާއި ޔަޢުޤޫބުގެފާނު އެ ހިލައިގެ ކައިރީގައި ތިބެ ކައިބޮއި ހެދިއެވެ.
މާތްކަލާނގެ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ.