ފެށުން 31:43 - ކިތާބުލް މުޤައްދަސާ43 ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.