Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:41 - ކިތާބުލް މުޤައްދަސާ

41 މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:41
12 ပူးပေါင်းရင်းမြစ်များ  

ޢީސޫގެ ނަފްރަތު ކުރުން ދަރިފުޅުގެ މައްޗަށް ހުއްޓެން ދެން އޭނާގެ ގާތު ދުވަސްކޮޅަކު މަޑުކުރޭ.


ލަބާން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ތިބާއަކީ އަހަރެންގެ ގާތްތިމާގެ ކުއްޖެއް ކަމުގައިވިއަސް އުޖޫރައެއް ނުލިބޭ ގޮތަށް އަހަރެންނަށް މަސައްކަތް ކޮށްދިނުމަކީ އެދެވޭ ރަނގަޅު ގޮތެއް ނޫން. އުޖޫރައެއްގެ ގޮތުން ތިބާއަށް އަހަރެން ދިނުމަށް އެދެނީ ކޮންއެއްޗެއް؟⁠“


ތިބާ އެދޭ އުޖޫރައެއް ބުނޭ. ކޮންމެ އެއްޗެއް ވިއަސް އަހަރެން އަދާކުރާނަން.⁠“


އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން މިދިޔަ ވިހި އަހަރު ދުވަހުގައި ތިބާގެ ކަންބަޅިބަކަރިތަކާ މެދު ފަރުވާތެރިވެ އެދެވޭ ގޮތުގައި އެތަކެތި ބަލަހައްޓައިދީފައި ވާނެ. އެއެއްޗެހި ސިއްޙަތު ރަނގަޅު ދަރިންތައް ވިހޭ. އަދި އަހަރެންގެ ކާނާއަށް އެތަކެތީގެ ތެރެއިން ޅަކަންބަޅިއެއް ކަތިލައި އޭގެ މަސް ބޭނުންކޮށްފައެއް ވެސް ނުވާނެ.


ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ފިނީގައި ނިދިން މަޙުރޫމުވެ ހުރެ އެތަކެއް ވޭން އަހަރެން އުފުލީމު.


ތިޔަ ދެކަނބުލޭގެ ބައްޕައަށް އަހަރެންގެ ހުރިހާ ހަކަތައަކުން އަހަރެން މަސައްކަތް ކޮށްދިންކަން ތިޔަ ދެކަނބުލޭގެއިން ދަންނާނެ.


އެހެނަސް އޭނާ އަހަރެންނަށް މަކަރުހަދައި އަހަރެންގެ އުޖޫރައަށް ދިހަފަހަރު ބަދަލު ގެނައި. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއް އަހަރެންނަށް ލިބުމަށް މާތްކަލާނގެ އެދިވޮޑިގެންނެއް ނުވޭ.


ޔަޢުޤޫބުގެފާނު އެމީހުންނަށް މިފަދައިން ޚަބަރު ދެއްވުމަށް އެދިވަޑައިގަތެވެ. ”⁠މި ޚަބަރު އަހަރެންގެ ސާހިބު ޢީސޫއަށް ދީ: ’⁠ތިބާގެ ޚާދިމު ޔަޢުޤޫބުގެ ފަރާތުން ނިކަމެތި ކަމާއެކުގައި ތަހުނިޔާ ފޮނުވަމޭ! މިއަދާއި ޖެހެންދެން ވެސް އަހަރެން ދިރިއުޅެމުން ގެންދިޔައީ ބޮޑުބޭބެ ލަބާންގެ ކައިރީގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ