Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:39 - ކިތާބުލް މުޤައްދަސާ

39 ތިބާގެ ޖަނަވާރަކަށް ވަލުޖަނަވާރެއް ޙަމަލާދީ މަރާލެވުނު ކޮންމެ ފަހަރަކު އެ މަރުވި ޖަނަވާރެއް ތިބާއަށް ދައްކާފައެއް ނުވާނެ. ނަމަވެސް އެކަމުގެ ގެއްލުން އަހަރެން ތިބާއަށް ފޫބައްދާދީފައިވާނެ. ދުވާލުގައި ނޫނީ އަދި ރޭގަނޑުގައި ވިޔަސް ތިބާގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެއް މީހަކު ވަގަށްނެގި ކަމުގައި ވިޔަސް އޭގެ ފުރިހަމަ އަގު އަހަރެންގެ އަތުން ތިބާ އަތުލީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:39
9 ပူးပေါင်းရင်းမြစ်များ  

އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން މިދިޔަ ވިހި އަހަރު ދުވަހުގައި ތިބާގެ ކަންބަޅިބަކަރިތަކާ މެދު ފަރުވާތެރިވެ އެދެވޭ ގޮތުގައި އެތަކެތި ބަލަހައްޓައިދީފައި ވާނެ. އެއެއްޗެހި ސިއްޙަތު ރަނގަޅު ދަރިންތައް ވިހޭ. އަދި އަހަރެންގެ ކާނާއަށް އެތަކެތީގެ ތެރެއިން ޅަކަންބަޅިއެއް ކަތިލައި އޭގެ މަސް ބޭނުންކޮށްފައެއް ވެސް ނުވާނެ.


ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ފިނީގައި ނިދިން މަޙުރޫމުވެ ހުރެ އެތަކެއް ވޭން އަހަރެން އުފުލީމު.


ކަލޭމެން ވާން ޖެހޭނީ އަހަރެންނަށް ނިސްބަތްވެގެންވާ މާތް މީހުން ކަމުގައި. އެހެންކަމުން އެހެން ޖަނަވާރެއް މަރައި ނޮޅައި ހަދާފައިވާ އެއްޗެއް ކަލޭމެން ކައިހަދައިގެންނުވާނެ. އެއެއްޗެއް ކުއްތާތަކަށް ކާން ދީ.⁠“


ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.


ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ