Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:36 - ކިތާބުލް މުޤައްދަސާ

36 ލަބާންގެ މި ޢަމަލުތަކާ މެދު ޔަޢުޤޫބުގެފާނު ކޯފާވެ ވަޑައިގަންނަވާ މިފަދައިން ޝަކުވާކުރެއްވިއެވެ. ”⁠އަހަރެން ޖަރީމާއެއް ނޫނީ ތިބާއާއި މެދު އަހަރެން ފާފަވެރި ޢަމަލެއް ހިންގިންތަ؟ މުޖުރިމަކު ހޯދަން އަންނަފަދައިން އަހަރެންގެ ފަސްފަހަތުން ތިޔަ އައީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:36
14 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަޢުޤޫބުގެފާނު ކޯފާވެވަޑައިގެން ހުންނަވާ މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންނީ މާތްކަލާނގެތަ؟ ކަނބުލޭގެއަށް ދަރިއަކު ލިބިދިނުމުން މަޙުރޫމް ކުރައްވާފައި ވަނީ އެކަލާނގެ!⁠“


އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”⁠އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.⁠“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.


އަހަރެންގެ މިލްކުގައި ވާނަމަ ވާހައި ތަކެއްޗެއް ތިބާ ހޯދައިފި. އެ ތަކެތީގެ ތެރެއިން ތިބާގެ އެއްޗެއް ފެނުނުތަ؟ ތިބާގެ އެއްޗެއް އަހަރެންގެ މުދަލުގެ ތެރޭގައިވާނަމަ މިތާނގައި ތިބި އަހަރެމެން ދެމީހުންގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި ނެރެ ހާމަ ކޮށްދީ. އޭރުން އަހަރެމެން ދެމީހުންގެ ތެރެއިން ތެދުހަދަނީ ކާކުތޯ އެމީހުން ނިންމާނެ.


އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލީންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލު ވެސް މެއެވެ.


”⁠އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލީންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.⁠“


ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ.


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ.


ޔޫނަތައިން ދަންނަވައިފިއެވެ. ”⁠އޭނާ މަރާލަން ޖެހެނީ އޭނާ ކުރި ކޮން ކުށަކާހެދި ތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ