Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:35 - ކިތާބުލް މުޤައްދަސާ

35 އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”⁠އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.⁠“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:35
12 ပူးပေါင်းရင်းမြစ်များ  

އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.


ރާޙީލްގެ ފޭލިގެއަށް ލަބާން އައުމުގެ ކުރިން އެތަކެތި ނަގައި އެތާ އޮތް ޖަމަލުއަސްދާނު ގޮނޑިއެއް ދަށުގައި ކޮތަޅަކަށްލައި ފޮރުވުމަށް ފަހު އޭގެ މައްޗަށް އަރައި ރާޙީލް އިށީނދެ އިނެވެ. ލަބާން މުޅި އެ ފޭލިގެތެރެ ބަލައި ހޯދުމުން ވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.


ލަބާންގެ މި ޢަމަލުތަކާ މެދު ޔަޢުޤޫބުގެފާނު ކޯފާވެ ވަޑައިގަންނަވާ މިފަދައިން ޝަކުވާކުރެއްވިއެވެ. ”⁠އަހަރެން ޖަރީމާއެއް ނޫނީ ތިބާއާއި މެދު އަހަރެން ފާފަވެރި ޢަމަލެއް ހިންގިންތަ؟ މުޖުރިމަކު ހޯދަން އަންނަފަދައިން އަހަރެންގެ ފަސްފަހަތުން ތިޔަ އައީ ކީއްވެ؟


ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.


ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.


ތިޔަބައިމީހުންގެ ތެރެއިން އަޅު ނޯކަރުންގެ ގޮތުގައި ވީ ފަރާތްތަކުން ސާހިބު މީހާއަށް ފުރިހަމައަށް ގަދަރާއި އިޙްތިރާމް ކުރާށެވެ. އަދި ސާހިބުންގެ އަމުރަށް ކިޔަމަންވާށެވެ. އެއީ ސާހިބުންގެ ފަރާތުން ތިޔަބައިމީހުންނަށް އޯގާތެރިކަމާއި ހަރުކަށިކަން ކުރިމަތި ކުރިޔަސް މެއެވެ.


މިސާލަކަށް ބުނާނަމަ، ސާރާ އެކަނބުލޭގެ ފިރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. އަދި އެކަނބުލޭގެ އިބްރާހީމްގެފާނަށް ސާހިބެއްގެ ގޮތުގައި މުޚާތަބުކުރެއްވިއެވެ. އެފަދައިން ތިޔަ ކަނބަލުންނަކީ އެކަމަނާގެ އަންހެން ދަރިންކަމުގައި ދެކޭށެވެ. ވީމާ ފިރިންނާއިމެދު ބިރުވެތިނުވެ ހެޔޮ ގޮތުގައި ޚިދުމަތްކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ