އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ރަށް ކަމުގައިވާ ކަންޢާނުއަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި އަނބިންނާއި އެންމެހާ ދަރިން ޖަމަލުތަކުގެ މައްޗަށް އަރުވައި، މެސޮޕޮޓޭމިއާއިން އެކަލޭގެފާނަށް ލިބިފައިވާ އެންމެހާ ކަންބަޅި ބަކަރިތަކާއި އަދި އެނޫން ވެސް ތަކެތި އެކަލޭގެފާނުގެ ކުރީގައި ބަހައްޓަވައިގެން ކުރިއަށް ދެވޭ ގޮތުގެ މަތިން ޔަޢުޤޫބުގެފާނު ދަތުރަށް ފެއްޓެވިއެވެ.