Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:33 - ކިތާބުލް މުޤައްދަސާ

33 އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:33
4 ပူးပေါင်းရင်းမြစ်များ  

ރިފްޤާ ދުވެފައި ސީދާ ދިޔައީ ގެޔަށެވެ. އަދި މިހިނގާ ދިޔަ ކަންތައްތަކުން އެ އާއިލާއަށް ޚަބަރު ދިނެވެ.


ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.


ނަމަވެސް މިތަނުގައި ވީ ހުރިހާ އެންމެންގެ ތެރެއިން އެއްވެސް ފަރާތެއްގެ އަތުން ތިބާގެ ގޭގައި ބެހެއްޓިފައިހުރި ތިބާގެ ކަލާނގެ ތައް ފެނިއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް ޙައްޤުވާނެ! މިކަމުގައި މިތަނުގައި މިތިބަ އަހަރެމެންގެ ގާތްތިމާގެ ފަރާތްތައް ހެކިކުރަމު. އެންމެހާ ތަކެތި ބަލާ. އަދި ތިބާއަށް މިލްކުވެގެންވާ މުދަލެއްވާނަމަ އެ މުދަލެއް ތިބާ ގެންދޭ.⁠“ މި ހިނދު ރާޙީލް ލަބާންގެ ކަލާނގެތައް ވަގަށް ނެގިކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގެންނެއް ނުވެއެވެ.


ރާޙީލްގެ ފޭލިގެއަށް ލަބާން އައުމުގެ ކުރިން އެތަކެތި ނަގައި އެތާ އޮތް ޖަމަލުއަސްދާނު ގޮނޑިއެއް ދަށުގައި ކޮތަޅަކަށްލައި ފޮރުވުމަށް ފަހު އޭގެ މައްޗަށް އަރައި ރާޙީލް އިށީނދެ އިނެވެ. ލަބާން މުޅި އެ ފޭލިގެތެރެ ބަލައި ހޯދުމުން ވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ