Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:32 - ކިތާބުލް މުޤައްދަސާ

32 ނަމަވެސް މިތަނުގައި ވީ ހުރިހާ އެންމެންގެ ތެރެއިން އެއްވެސް ފަރާތެއްގެ އަތުން ތިބާގެ ގޭގައި ބެހެއްޓިފައިހުރި ތިބާގެ ކަލާނގެ ތައް ފެނިއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް ޙައްޤުވާނެ! މިކަމުގައި މިތަނުގައި މިތިބަ އަހަރެމެންގެ ގާތްތިމާގެ ފަރާތްތައް ހެކިކުރަމު. އެންމެހާ ތަކެތި ބަލާ. އަދި ތިބާއަށް މިލްކުވެގެންވާ މުދަލެއްވާނަމަ އެ މުދަލެއް ތިބާ ގެންދޭ.⁠“ މި ހިނދު ރާޙީލް ލަބާންގެ ކަލާނގެތައް ވަގަށް ނެގިކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގެންނެއް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:32
13 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.


އަދި އެމީހުންނަށް ވިދާޅުވިއެވެ. ”⁠މަގޭ އެންމެހާ އަޚުންނޭ. އާދޭސްކޮށްފަ ބުނަން. ތިޔަފަދަ ނުބައި ނުލަފާ ކަމެއް ނުކުރޭ.


ކުރިމަގުގައި އަހަރެންގެ ތެދުވެރިކަން ތިބާއަށް މިގޮތުން ދެނެގަތުން ފަސޭހަވާނެ. ތިބާ ގޮސް ބަލާއިރު އޭގެ ތެރޭގައި ލަކެއް ނޫނީ ތިއްކެއް ނެތް ހުދު އެއްޗެއް ވެއްޖެނަމަ އެއީ އަހަރެން ވަގަށްނެގި ތަކެތި ކަމަށް ބަލާ.⁠“


އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.


އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ.


ތިބާގެ ބަފައިކަލުންގެ އަރިހަށް ރަށަށް ދިއުމުގެ ޝައުގުވެރިކަން ތިބާގެ ހިތުގައިވާ މިންވަރު އަހަރެން ދަންނަމު. ނަމަވެސް ތިބާ އަހަރެންގެ ކަލާނގެތައް ވަގަން ނެގީ ކީއްވެ؟⁠“


ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ސިއްރިއްޔާތުގައި ފިލައިގެން ދާންޖެހުނު ސަބަބަކީ ތިބާގެ އަންހެންދަރިން އަހަރެންނާއި އެކުގައި ދިޔުމަށް ތިބާ އިންކާރު ކޮށްފާނޭ ކަމުގެ ބިރު އަހަރެންނަށް ހީވުމުން.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ