ފެށުން 31:26 - ކިތާބުލް މުޤައްދަސާ26 ލަބާން ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”ތިބާ އަހަރެންނަށް މަކަރު ތިޔަހެދީ ކީއްވެ؟ އަދި ހަނގުރާމައިގައި އަސީރު ކުރެވޭ އަންހެނުން ފަދައިން އަހަރެންގެ އަންހެންދަރިން އަސީރު ކޮށްގެން ތިޔަ ގެންދަނީ ކީއްވެ؟ အခန်းကိုကြည့်ပါ။ |
އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟“