Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:25 - ކިތާބުލް މުޤައްދަސާ

25 ޔަޢުޤޫބުގެފާނު ފޭލިގެ ޖެއްސެވީ ޖިލްޢާދުގެ ފަރުބަދަތަކުގެ މަތީގައެވެ. އަދި ލަބާން ވެސް ޖިލްޢާދުގެ ފަރުބަދަތަކާއި ކައިރީގައި އޭނާގެ ގާތްތިމާގެ މީހުންނާއެކު ފޭލިގެ ޖެހިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:25
5 ပူးပေါင်းရင်းမြစ်များ  

އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ.


ނަމަވެސް އެރޭ ލަބާންއަށް ހުވަފެނުގައި މާތްކަލާނގެ މިފަދައިން ވަޙީކުރައްވައި އިންޒާރު ދެއްވިއެވެ. ”⁠ޔަޢުޤޫބާ ކަލޭ މުޚާތަބު ކުރާއިރު ސަމާލުވޭ! އެއްވެސް ގޮތަކުން ޔަޢުޤޫބަށް އަނިޔާވެރިނުވާތި.⁠“


ލަބާން ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠ތިބާ އަހަރެންނަށް މަކަރު ތިޔަހެދީ ކީއްވެ؟ އަދި ހަނގުރާމައިގައި އަސީރު ކުރެވޭ އަންހެނުން ފަދައިން އަހަރެންގެ އަންހެންދަރިން އަސީރު ކޮށްގެން ތިޔަ ގެންދަނީ ކީއްވެ؟


އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ.


އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ