22 ޔަޢުޤޫބުގެފާނު ފިއްލަވާ ވަޑައިގެންނެވިކަން މީހެއްގެފަރާތުން ލަބާންއަށް އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ.
ދެން އެ ހުރިހާ ޖަނަވާރުތަކާއިގެން ޔަޢުޤޫބުގެފާނާ ދުރަށް ތިން ދުވަހުގެ ދަތުރެއްގެ ދުރުމިނުގައިވާ ތަނަކަށް އެތަކެތި ގެންދިޔައެވެ. އެ ހިނދު ލަބާން އޭނާ އާއިއެކުގައި ނުގެންގޮސް ހުރި ކަންބަޅި ބަކަރިތައް ބެލެހެއްޓުމަށް ޔަޢުޤޫބުގެފާނު ހުންނެވިއެވެ.
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.
އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ.