Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:21 - ކިތާބުލް މުޤައްދަސާ

21 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:21
18 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


މިއާރުން އުފެދުނު ތިންވަނަ ކޯރުގެ ނަމަކީ ދިޖްލަތެވެ. މި ކޯރު ދެމިފައިވީ އައްޝޫރުއޭ ކިޔުނު ސަރަހައްދުގެ އިރުމަތީގައެވެ. މިއާރުން އުފެދުނު ހަތަރު ވަނަ ކޯރުގެ ނަމަކީ ފުރާތު ކޯރެވެ.


އަދި އެބައިމީހުން މަކަރުވެރިގޮތުގައި ސިއްރިއްޔާތުން ދަތުރަށް ތައްޔާރުވެ ލަބާންއަށް އެނގުމަކާ ނުލައި ފުރައިގެން ދިޔައެވެ.


ޔަޢުޤޫބުގެފާނު ފިއްލަވާ ވަޑައިގެންނެވިކަން މީހެއްގެފަރާތުން ލަބާންއަށް އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ.


އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ.


ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.


ޔޫސުފުގެފާނުގެ އަރިހަށް ޖާސާންއަށް ދާންވީ މަގު އަހައި އޮޅުން ފިލުމަށްޓަކައި އެންމެންގެ ކުރިން ޔަހޫޛާ ފޮނުވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުން ޖާސާންއަށް ވަޑައިގަތުމުން


ދެން އެތަނުން އެމީހުން ޖިލްޢާދަށާއި ޤާދަޝްއަށް ދިޔައެވެ. މިއީ ޙިއްޘީއިންގެ އަވަށެވެ. އެމީހުން އެތަނުން ދެން ދިޔައީ ދާނަށެވެ. ދާނުން ދިޔައީ ޞައިދޫން އަވަށަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ