20 އަދި އެބައިމީހުން މަކަރުވެރިގޮތުގައި ސިއްރިއްޔާތުން ދަތުރަށް ތައްޔާރުވެ ލަބާންއަށް އެނގުމަކާ ނުލައި ފުރައިގެން ދިޔައެވެ.
އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.
އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.
އަހަރެންނަށް ޚަބަރު ނުކޮށް ތިބާ ފިލައިގެން ތިޔަ އައީ ކީއްވެ؟ ތިބާ އަހަރެންގެ ގާތު ދިއުމަށް އެދުނުނަމަ، ތިބާގެ މަގުގައި ކުރިއަށް ދިއުމަށް އަހަރެން އެދޭނީ އޫދާއި ތާރައިގެ މިޔުޒިކުން ލަވަކިޔައި އުފާފާޅުކުރުމާއެކު.