ފެށުން 31:2 - ކިތާބުލް މުޤައްދަސާ2 އަދި ކުރީގައި އޮތްފަދަ ގާތް ގުޅުމެއް މިފަހަކަށް އައިސް ލަބާން އެކަލޭގެފާނާއިމެދުގައި ނުބާއްވާ ކަން ޔައުޤޫބުގެފާނަށް ފާހަގަ ކުރެވުނުމެއެވެ. အခန်းကိုကြည့်ပါ။ |
އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ.