Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:17 - ކިތާބުލް މުޤައްދަސާ

17-18 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ރަށް ކަމުގައިވާ ކަންޢާނުއަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި އަނބިންނާއި އެންމެހާ ދަރިން ޖަމަލުތަކުގެ މައްޗަށް އަރުވައި، މެސޮޕޮޓޭމިއާއިން އެކަލޭގެފާނަށް ލިބިފައިވާ އެންމެހާ ކަންބަޅި ބަކަރިތަކާއި އަދި އެނޫން ވެސް ތަކެތި އެކަލޭގެފާނުގެ ކުރީގައި ބަހައްޓަވައިގެން ކުރިއަށް ދެވޭ ގޮތުގެ މަތިން ޔަޢުޤޫބުގެފާނު ދަތުރަށް ފެއްޓެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:17
5 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ.


އެއަށް ފަހު ރިފްޤާއާއި އެކަނބުލޭގެ ބާނދީން ދަތުރު އެރެހެއްޓުމުގެ ތައްޔާރީތައް ކޮށް ނިންމުމަށް ފަހު ޖަމަލުގެ މައްޗަށް ސަވާރުވިއެވެ. އަދި ޚާދިމުކަލޭގެއާއި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންނާއި އެކުގައި ދިޔައެވެ.


މާތްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ކަލޭގެފާނު އަމަލު ކުރައްވާ. އަހަރެމެންގެ ބައްޕަގެ މުދައުވެރިކަމުން ނަންގަވައި އެކަލާނގެ ކަލޭގެފާނަށް ދެއްވި ތަނަވަސްކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޙައްޤެއް. މާތްކަލާނގެ ކަލޭގެފާނާމެދު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރައްވާ.⁠“


ދާއޫދު އެމީހުންނާ މޫނުއަނދިރި ކަމުގެ ތެރޭގައި ހަމަލަދޭން ފެށި ގޮތަށް އަނެއް ދުވަހު އިރު އޮއްސެންދެން ހަނގުރާމަ ކޮށްފިއެވެ. އޭގެ ތެރޭން ޖަމަލުތަކަށް އަރައިގެން ފިލި ހަތަރުސަތޭކަ މީހުން ނޫން އެކަކު ވެސް ސަލާމަތެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ