Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:16 - ކިތާބުލް މުޤައްދަސާ

16 މާތްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ކަލޭގެފާނު އަމަލު ކުރައްވާ. އަހަރެމެންގެ ބައްޕަގެ މުދައުވެރިކަމުން ނަންގަވައި އެކަލާނގެ ކަލޭގެފާނަށް ދެއްވި ތަނަވަސްކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޙައްޤެއް. މާތްކަލާނގެ ކަލޭގެފާނާމެދު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރައްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:16
7 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ.


އަހަރެމެންނާއިމެދު ބައްޕަ އަމަލުކުރަނީ ދުރުހިލޭ މީހުންނާއިމެދު އަމަލުކުރާ ފަދައިން. ބައްޕަ، އަހަރެމެން ކަލޭގެފާނަށް ވިއްކާލެއްވި. އަދި އަހަރެމެންނަށް ލިބިދޭންޖެހޭ ކައިވެނީގެ ރަނަށް ލިބުނުހާ ފައިސާ ބައްޕަ ބޭނުންކުރީ ބައްޕަގެ އަމިއްލަ ބޭނުމަށް.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ރަށް ކަމުގައިވާ ކަންޢާނުއަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި އަނބިންނާއި އެންމެހާ ދަރިން ޖަމަލުތަކުގެ މައްޗަށް އަރުވައި، މެސޮޕޮޓޭމިއާއިން އެކަލޭގެފާނަށް ލިބިފައިވާ އެންމެހާ ކަންބަޅި ބަކަރިތަކާއި އަދި އެނޫން ވެސް ތަކެތި އެކަލޭގެފާނުގެ ކުރީގައި ބަހައްޓަވައިގެން ކުރިއަށް ދެވޭ ގޮތުގެ މަތިން ޔަޢުޤޫބުގެފާނު ދަތުރަށް ފެއްޓެވިއެވެ.


ތިޔަ ދެކަނބަލުންގެ ބައްޕަގެ އަތުގައި ހުރި ކަންބަޅި ބަކަރިތައް މި ގޮތުގެ މަތިން މާތްކަލާނގެ އަހަރެންނަށް ދެއްވައި އަދި އަހަރެންނަށް މުއްސަނދިކަން ދެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ