Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:11 - ކިތާބުލް މުޤައްދަސާ

11 އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:11
21 ပူးပေါင်းရင်းမြစ်များ  

އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި އިބްރާހީމްގެފާނު މަމްރާއަށް މިލްކުވެފައިވީ ބިޔަ ގަސްތަކުގެ ކައިރީގައި އެކަލޭގެފާނު ޖައްސަވާފައިވާ ފޭލިގޭގެ ދޮރުކޮޅު މަތީގައި އިންނަވަނިކޮށް މާތްރަސްކަލާނގެ ފާޅުވެވޮޑިގެންފިއެވެ.


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ މިކުރައްވަން އުޅުއްވާ ކަންތައް އިބްރާހީމްގެފާނަށް ސިއްރު ކުރައްވާނަމުތަ؟


މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އިބްރާހީމް.⁠“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.⁠“


ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”⁠އިބްރާހީމް! އިބްރާހީމް!⁠“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”⁠އަޅާ ޙާޟިރުވެ އެބަ ހުރީމު!⁠“


މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ދެވަނަފަހަރަށް އިބްރާހީމްގެފާނަށް ވިދާޅުވިއެވެ.


ކަންބަޅިތައް ޖިމާޢުވަމުން ދިޔަ ދުވަސްވަރު އަހަރެންނަށް ހުވަފެނެއް ފެނުނު. އަހަރެންނަށް ހުވަފެނުގައި ފެނުނީ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) އެތަކެތީގެ ތެރެއިން ޖިމާޢުވި ހުރިހާ ގިތެލެއްގެ ހަށިގަނޑުގައި ލައް ނޫނީ ނިޝާނެއް ނުވަތަ ރޮނގު ދެމިގެންވާތީ.


ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“


ނަމަވެސް އެރޭ ލަބާންއަށް ހުވަފެނުގައި މާތްކަލާނގެ މިފަދައިން ވަޙީކުރައްވައި އިންޒާރު ދެއްވިއެވެ. ”⁠ޔަޢުޤޫބާ ކަލޭ މުޚާތަބު ކުރާއިރު ސަމާލުވޭ! އެއްވެސް ގޮތަކުން ޔަޢުޤޫބަށް އަނިޔާވެރިނުވާތި.⁠“


އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ.


އެއްރެއަކު ޔޫސުފުގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ދުވަހެއްގައި އެކަލޭގެފާނުގެ އަޚުންނަށް އެ ހުވަފެންފުޅު ކިޔައިދެއްވުމުން އިހުނަށް ވުރެން ބޮޑަށް އެކަލޭގެފާނުގެ އަޚުން ނަފްރަތު ކުރިއެވެ.


އެރޭގެ ވަގުތެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ނިދާ ފޮނުއްވައި މިފަދައިން އެކަލާނގެ ބަސްވަޙީ ކުރެއްވިއެވެ. ”⁠ޔަޢުޤޫބު ޔަޢުޤޫބު.⁠“ އަދި ޔަޢުޤޫބުގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަޅާ މިތަނުގައި ހުރީމު.⁠“


މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”⁠މޫސާ! މޫސާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އާދެ! އަޅުގަނޑު އެބަހުރިން.⁠“


ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”⁠ދަރިފުޅާ ޞަމޫއީލް!⁠“ ޞަމޫއީލް ޖަވާބު ދިނެވެ. ”⁠އާދެ، ސާހިބާ!⁠“


އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”⁠އަޅުގަނޑު ހާޒިރުވެ ހުރިން.⁠“


ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”⁠އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.⁠“ ”⁠ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.⁠“


ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”⁠އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.⁠“ ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ