Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 31:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހަކު ލަބާންގެ ފިރިހެން ދަރިން މިފަދައިން ވާހަކަ ދެއްކި އަޑު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވިއެވެ. ”⁠އަހަރެމެންގެ ބައްޕަގެ މިލްކުގައި ވީ ހުރިހާ މުދަލެއް ޔަޢުޤޫބު ނަގައިފި. އެފަދަ މުއްސަނދި ކަމެއް އޭނާއަށް ލިބިފައި އެވަނީ އަހަރެމެންގެ ބައްޕަގެ މުދަލުން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 31:1
23 ပူးပေါင်းရင်းမြစ်များ  

މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.


އަދި ކުރީގައި އޮތްފަދަ ގާތް ގުޅުމެއް މިފަހަކަށް އައިސް ލަބާން އެކަލޭގެފާނާއިމެދުގައި ނުބާއްވާ ކަން ޔައުޤޫބުގެފާނަށް ފާހަގަ ކުރެވުނުމެއެވެ.


ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”⁠ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް.


ވީމާ، މިޞްރުގައި އަހަރެންނަށް ލިބިފައިވާ މަތިވެރިކަން އަހަރެންގެ ބަފައިކަލުންނަށް ބުނެދީ. އަދި ތިޔަބައިމީހުންނަށް ފެނިދެނިވި ކަންތައްތަކުގެ ޚަބަރު ވެސް ބަފައިކަލުންނަށް ދެއްވާ. އަދި މިހާރުގޮސް އަވަހަށް ބަފައިކަލުން އަހަރެންގެ ގާތަށް ގެނެސްދީ.⁠“


ލިބިހުރި މިންވަރަށް ރުހުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ދަހިވެތިކަމާއި ހަސަދަވެރިކަމަކީ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ ކަމެކެވެ.


ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.


އެއަށް ފަހު އިބިލީސް އެކަލޭގެފާނު ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ގެންދެވިއެވެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ ވެރިކަމާއި، ތަނަވަސްކަމާއި، ރީތިކަމާއި އަދި މަތިވެރިކަން ކުއްލި މަންޒަރެއްގެ ސިފައިގައި ދެއްކުމަށް ފަހު


މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠އިންސާނުން ވަނީ ވިނަތަކެއްފަދައިންނެވެ. އެބައިމީހުންގެ ރީތިކަން ފަނޑުވެގެންދަނީ މާމެލާމެލީގެ ރީތިކަން ފަނޑުވެދާ ފަދަ އަވަސްކަމާއެކުގައެވެ. ވިނަ މިލައިމޯޅިވެދެއެވެ. އަދި މާމެލާމެލި ވެރި ދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ