Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:9 - ކިތާބުލް މުޤައްދަސާ

9 އެ ހިނދު ލައިއަތުއަށް އެކަނބުލޭގެއަށް އިތުރަށް ދަރިން ނުލިބޭނޭކަން އެނގުނެވެ. އެހެންވީމާ، އެކަނބުލޭގެ ޚާދިމާ ޒިލްފާ ޔަޢުޤޫބުގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:9
8 ပူးပေါင်းရင်းမြစ်များ  

ސާރާއީ، އަބްރާމްއަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ގެންގުޅުއްވުމަށް ހާޖަރު ދެއްވިއެވެ. މިކަން މި ގޮތަށް ހިނގީ އަބްރާމް ކަންޢާނު ސަރަހައްދުގައި ދިރިއުޅެމުން ގެންދާތާ ދިހަ އަހަރު ދުވަސް ވެފައި ވަނިކޮށެވެ.


ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ޒިލްފަތު ލައިއަތުގެ ޚިދުމަތަށްޓަކައި ލަބާން ވަނީ ދީފައެވެ.


އެއަށް ފަހު އިތުރު ދަރިއަކަށް ލައިއަތު ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހޭމެއެވެ. މި ދަރިފުޅުގެ ނަމަކަށް ޔަހޫޛާގެ ނަމުން އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ޙަމްދު ކުރަމު.⁠“ އޭގެ ފަހުން ލައިއަތުއަށް އިތުރު ދަރިއަކު ނުލިބެއެވެ.


ގިނަ މުއްދަތެއް ނުނަގާ ޒިލްފާއަށް ފިރިހެން ދަރިއަކު ލިބުނެވެ.


އަދި މާތްކަލާނގެ ލައިއަތުގެ ދުޢާ އައްސަވާވޮޑިގަންނާވައި އިޖާބަކުރެއްވިއެވެ. އެއަށް ފަހު އެކަނބުލޭގެ ބަލިވެއިނދެ ފަސްވަނަ ފިރިހެން ދަރިފުޅު ވިހެއެވެ.


އެހެންވެ ރާޙީލް އެކަނބުލޭގެ ޚާދިމާ ބިލްހާ ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު ބިލްހާ އާއި އެކުގައި އެއްދާންކުރެއްވިއެވެ.


ނަފްތާލީގެ ނަމުން މިދަރިއަށް ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ދައްތަގެ މައްޗަށް ގަދަވެގަތުމަށް އަހަރެން ގަދައަޅައި ކުރި މަސައްކަތް މިއަދު އަހަރެންނަށް ކާމިޔާބު ކުރެވިއްޖެ!⁠“


މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާން އޭނާގެ އަންހެން ދަރި ލައިއަތުއަށް ދިން އަޅު އަންހެން ކުއްޖާކަމުގައިވާ ޒިލްފާއާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ދަރިންނެވެ. މިބައިގައި މުޅި އެކުޖުމުލަ ސޯޅަ ދަރިން ލިބިފައިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ