Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:8 - ކިތާބުލް މުޤައްދަސާ

8 ނަފްތާލީގެ ނަމުން މިދަރިއަށް ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ދައްތަގެ މައްޗަށް ގަދަވެގަތުމަށް އަހަރެން ގަދައަޅައި ކުރި މަސައްކަތް މިއަދު އަހަރެންނަށް ކާމިޔާބު ކުރެވިއްޖެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:8
12 ပူးပေါင်းရင်းမြစ်များ  

”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“


އެއަށް ފަހު ބިލްހާ ބަލިވެއިނދެ ޔަޢުޤޫބުގެފާނަށް ދެވަނަފަހަރަށް ފިރިހެންދަރިއަކު ވިހެއެވެ.


އެ ހިނދު ލައިއަތުއަށް އެކަނބުލޭގެއަށް އިތުރަށް ދަރިން ނުލިބޭނޭކަން އެނގުނެވެ. އެހެންވީމާ، އެކަނބުލޭގެ ޚާދިމާ ޒިލްފާ ޔަޢުޤޫބުގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ.


ނަފްތާލީއަށް ލިބުނު ދަރިންނަކީ ޔާޙަޞްއީލު، ޖޫނީ، ޔަޞްރު، އަދި ޝިއްލީމު އެވެ.


”⁠ނަފްތާލީ ވަނީ މިނިވަންކަމާއެކުގައި ދުވަމުން ދާ އަންހެން ފުއްލާއެއް ފަދައިން. އެ ފުއްލާ ރީތި ޅަ ފުއްލާތައް ވިހާނެ.⁠“


މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.⁠“


އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.


މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ