Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:4 - ކިތާބުލް މުޤައްދަސާ

4 އެހެންވެ ރާޙީލް އެކަނބުލޭގެ ޚާދިމާ ބިލްހާ ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު ބިލްހާ އާއި އެކުގައި އެއްދާންކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:4
12 ပူးပေါင်းရင်းမြစ်များ  

މީގެ އިތުރުން ނާޙޫރުގެ ޖާރިޔާއެއް ކަމުގައިވާ ރައޫމަތުއަށް ވެސް ހަތަރު ފިރިހެން ދަރިން ލިބުނެއެވެ. އެކުދިންނަކީ ޠާބަޙު އާއި ޖާޙަމް އާއި ތާޙަޝާއި އިތުރުން މަޢުކަތު އެވެ.


އިބްރާހީމްގެފާނު އިތުރު ބޭކަނބަލަކާއި ކައިވެނި ބައްލަވައި ގެންނެވިއެވެ. އެކަނބުލޭގެ ނަމަކީ ޤަޠޫރަތު އެވެ.


ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ބިލްހާ ވަނީ ރާޙީލްގެ ޚިދުމަތަށް ދީފައެވެ.


ބިލްހާ ޔަޢުޤޫބުގެފާނަށް ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހައިފިއެވެ.


އަދި ދެ ޖާރިޔާއިން ކަމުގައިވާ ޒިލްފާ އާއި ބިލްހާ އާއި އަދި އެ ދެ ޖާރިޔާއިންނަށް ލިބިފައިވާ ދަރިން އެންމެ ކުރިޔަށް ނެރުއްވިއެވެ. އޭގެފަހަތަށް ލައިއަތު އާއި އެކަނބުލޭގެއަށް ލިބިފައިވާ ކުދިން ނެރުއްވައި އަދި އެންމެ ފަހަތުގައި ރާޙީލް އާއި ޔޫސުފުގެފާނު ބެހެއްޓެވިއެވެ.


މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާންގެ އަންހެންދަރި ރާޙީލްއަށް ދިން އަޅު އަންހެންކުއްޖާ ބިލްހާ އަށާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ކުދިންނެވެ. މި އާއިލާގައި ހަތް ކުދިން ވެއެވެ.


މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’⁠މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ