Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:39 - ކިތާބުލް މުޤައްދަސާ

39 ހުދު ކުލައިގެ ރޮނގު ދިގަށް ހުރި އޮފިތަކުގެ ކުރިމަތީގައި ބަކަރިތައް ޖިންސީގުޅުން ހިންގުމުން އެތަކެތި ވިހޭ ހުރިހާ ޅަ އެއްޗެހީގެ ގައިގައި ދިގަށް ރޮނގުދެމި، ލައްޖަހައި އަދި ތިކި ޖެހިފައި ހުއްޓެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:39
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މި ކަންބަޅި ބަކަރިތައް ފެން ބުއިމަށް އައިސް ފެންގުރާބު ކުރިމަތީގައި ތިބެ ޖިންސީގުޅުން ހިންގާއިރު މި އޮފިތައް އެ އެއްޗެއްސަށް ފެންނަން ފަށުގައި އަތުރާފައި ބެހެއްޓިއެވެ.


ޔަޢުޤޫބުގެފާނު އެބަކަރިތަކާއި ކަންބަޅިތައް ވަކި ކުރައްވައި އެއެއްޗެހިތައް ލަބާންގެ ޖަނަވާރުތަކާ ދިމާއަށް މޫނުލައިގެން ތިބޭގޮތަށް ބޭތިއްބިއެވެ. މިހެން ހެދުމުން އެކަލޭގެފާނުގެ ޖަނަވާރުތައް ލަބާންގެ ޖަނަވާރުތަކަށް ވުރެން އިތުރުވާނެ ގޮތް މެދުވެރިވިއެވެ.


އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން މިދިޔަ ވިހި އަހަރު ދުވަހުގައި ތިބާގެ ކަންބަޅިބަކަރިތަކާ މެދު ފަރުވާތެރިވެ އެދެވޭ ގޮތުގައި އެތަކެތި ބަލަހައްޓައިދީފައި ވާނެ. އެއެއްޗެހި ސިއްޙަތު ރަނގަޅު ދަރިންތައް ވިހޭ. އަދި އަހަރެންގެ ކާނާއަށް އެތަކެތީގެ ތެރެއިން ޅަކަންބަޅިއެއް ކަތިލައި އޭގެ މަސް ބޭނުންކޮށްފައެއް ވެސް ނުވާނެ.


ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ފިނީގައި ނިދިން މަޙުރޫމުވެ ހުރެ އެތަކެއް ވޭން އަހަރެން އުފުލީމު.


ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


ތިޔަ ދެކަނބުލޭގެ ބައްޕަގެ އަތުގައި ހުރި ލައްޖެހިފައި ހުރި ހުރިހާ ކަންބަޅިއަކާ ބަކަރިއެއް އެއީ އަހަރެންގެ އުޖޫރަ ކަމުގައި ބުނި ހިނދުން ފެށިގެން އެތަކެތި ވިހޭނަމަ ވިހޭ ކޮންމެ އެއްޗެއްގެ ހަށިގަނޑުގައި ލައް ހުރި. އަދި އެންމެހާ ކަންބަޅިތަކުގެ ތެރެއިން ރޮނގު ދިގަށް ހުރި ކަންބަޅި އެއް ވާނަމަ އެއީ ވެސް އަހަރެންގެ އުޖޫރަ ކަމުގައި އޭނާ ބުނި ހިނދުން ފެށިގެން އެ ކަންބަޅިތައް ވިހޭ ކޮންމެ ޅަ ކަންބަޅިއެއްގެ ހަށިގަނޑުގައި ދިގަށް ރޮނގު ހުރި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ