Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:36 - ކިތާބުލް މުޤައްދަސާ

36 ދެން އެ ހުރިހާ ޖަނަވާރުތަކާއިގެން ޔަޢުޤޫބުގެފާނާ ދުރަށް ތިން ދުވަހުގެ ދަތުރެއްގެ ދުރުމިނުގައިވާ ތަނަކަށް އެތަކެތި ގެންދިޔައެވެ. އެ ހިނދު ލަބާން އޭނާ އާއިއެކުގައި ނުގެންގޮސް ހުރި ކަންބަޅި ބަކަރިތައް ބެލެހެއްޓުމަށް ޔަޢުޤޫބުގެފާނު ހުންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:36
3 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ.


ޔަޢުޤޫބުގެފާނު ޕޮޕްލާ ގަހުންނާއި، ނާށިގަނޑުބަދަން ގަހުންނާއި އަދި ޕްލޭން ގަހުން އޮފިތަކެއް ކެނޑުއްވިއެވެ. އަދި އެ އޮފިތަކުގައި ހުދު ރޮނގު ހުންނާނެހެން ތޮށިތައް ދިގަށް ނޮޅިއެވެ.


ޔަޢުޤޫބުގެފާނު ފިއްލަވާ ވަޑައިގެންނެވިކަން މީހެއްގެފަރާތުން ލަބާންއަށް އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ