Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:32 - ކިތާބުލް މުޤައްދަސާ

32 މިއަދު އަހަރެން ގޮސް ތިބާގެ އެންމެހާ ކަންބަޅި ބަކަރިތަކުގެ ތެރެއިން ލަފެއް ނޫނީ ތިއްކެއް ޖެހިފައިވާ ކޮންމެ ކަންބަޅިއަކާއި އަދި ބަކަރިއެއް ވަކިކުރާނަން. އަދި އެންމެހާ ކަޅު ކަންބަޅިއެއް ވަކިކުރާނަން. އެ ތަކެތި އަހަރެންގެ އުޖޫރައިގެ ގޮތުގައި އަހަރެންނަށްދީ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:32
5 ပူးပေါင်းရင်းမြစ်များ  

ލަބާން އިތުރަށް ދެންނެވިއެވެ. ”⁠އަހަރެން އުޖޫރައެއްގެ ގޮތުން ތިބާއަށް ދޭންވީ ކިހާވަރެއް؟⁠“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން އެއްވެސް އުޖޫރައެއް ބޭނުމެއް ނޫން. އަހަރެން މި އެދޭ ގޮތަށް ތިބާ އެއްބަސްވާނަމަ ތިބާގެ ކަންބަޅި ބަކަރިތައް ބެލެހެއްޓުމާއިގެން އަހަރެން ކުރިއަށް ދާނަން.


ކުރިމަގުގައި އަހަރެންގެ ތެދުވެރިކަން ތިބާއަށް މިގޮތުން ދެނެގަތުން ފަސޭހަވާނެ. ތިބާ ގޮސް ބަލާއިރު އޭގެ ތެރޭގައި ލަކެއް ނޫނީ ތިއްކެއް ނެތް ހުދު އެއްޗެއް ވެއްޖެނަމަ އެއީ އަހަރެން ވަގަށްނެގި ތަކެތި ކަމަށް ބަލާ.⁠“


އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ.


ކަންބަޅިތައް ޖިމާޢުވަމުން ދިޔަ ދުވަސްވަރު އަހަރެންނަށް ހުވަފެނެއް ފެނުނު. އަހަރެންނަށް ހުވަފެނުގައި ފެނުނީ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) އެތަކެތީގެ ތެރެއިން ޖިމާޢުވި ހުރިހާ ގިތެލެއްގެ ހަށިގަނޑުގައި ލައް ނޫނީ ނިޝާނެއް ނުވަތަ ރޮނގު ދެމިގެންވާތީ.


ތިޔަ ދެކަނބުލޭގެ ބައްޕަގެ އަތުގައި ހުރި ލައްޖެހިފައި ހުރި ހުރިހާ ކަންބަޅިއަކާ ބަކަރިއެއް އެއީ އަހަރެންގެ އުޖޫރަ ކަމުގައި ބުނި ހިނދުން ފެށިގެން އެތަކެތި ވިހޭނަމަ ވިހޭ ކޮންމެ އެއްޗެއްގެ ހަށިގަނޑުގައި ލައް ހުރި. އަދި އެންމެހާ ކަންބަޅިތަކުގެ ތެރެއިން ރޮނގު ދިގަށް ހުރި ކަންބަޅި އެއް ވާނަމަ އެއީ ވެސް އަހަރެންގެ އުޖޫރަ ކަމުގައި އޭނާ ބުނި ހިނދުން ފެށިގެން އެ ކަންބަޅިތައް ވިހޭ ކޮންމެ ޅަ ކަންބަޅިއެއްގެ ހަށިގަނޑުގައި ދިގަށް ރޮނގު ހުރި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ