Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:30 - ކިތާބުލް މުޤައްދަސާ

30 އަހަރެން އައުމުގެ ކުރިން ހަމަ ޔަޤީނުން ވެސް ތިބާއަށް ލިބިފައިވީ ވަރަށް މަދު އެއްޗެއް. ނަމަވެސް މިހާރު ތިބާގެ މުއްސަނދިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ. އަދި އަހަރެންނަށް ކުރެވުނު އެންމެހާ މަސައްކަތެއްގައި މާތްރަސްކަލާނގެ ތިބާއަށް ބަރަކާތް ލައްވައިފި! ނަމަވެސް އަހަރެންގެ އަމިއްލަ އާއިލާއަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަމެއް އަހަރެންނަށް ލިބޭނީ ކޮން އިރަކުން؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:30
7 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠ފާއިތުވެދިޔަ ގިނަ އަހަރުތަކުގައި އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން ތެދުވެރިގޮތާއި އަދި ތިބާގެ ކަންބަޅި ބަކަރިތަކުގެ އަދަދު އިތުރުވެގެން ދިޔަ މިންވަރު ތިބާއަށް އެނގޭނެ.


ލަބާން އިތުރަށް ދެންނެވިއެވެ. ”⁠އަހަރެން އުޖޫރައެއްގެ ގޮތުން ތިބާއަށް ދޭންވީ ކިހާވަރެއް؟⁠“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން އެއްވެސް އުޖޫރައެއް ބޭނުމެއް ނޫން. އަހަރެން މި އެދޭ ގޮތަށް ތިބާ އެއްބަސްވާނަމަ ތިބާގެ ކަންބަޅި ބަކަރިތައް ބެލެހެއްޓުމާއިގެން އަހަރެން ކުރިއަށް ދާނަން.


މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.


ހަމަ މިފަދައިން ގާތްތިމާގެ މީހުންނަށް އަޅާލުން ނުބަހައްޓާ ފަރާތްތަކާއި އަމިއްލަ އާއިލާއާއި މެދު އަޅާލުމަށް އިންކާރުކުރާ ފަރާތްތައްވަނީ އީމާންތެރިކަމުން އެއްކިބާވެ ކަލާނގެވަންތަކަން ގަބޫލު ނުކުރާ ފަރާތްތަކަށް ވުރެން ވެސް ނުބައިވެގެންވީ ޙާލަތެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ