Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:29 - ކިތާބުލް މުޤައްދަސާ

29 ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠ފާއިތުވެދިޔަ ގިނަ އަހަރުތަކުގައި އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން ތެދުވެރިގޮތާއި އަދި ތިބާގެ ކަންބަޅި ބަކަރިތަކުގެ އަދަދު އިތުރުވެގެން ދިޔަ މިންވަރު ތިބާއަށް އެނގޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:29
10 ပူးပေါင်းရင်းမြစ်များ  

އަހަރެން އައުމުގެ ކުރިން ހަމަ ޔަޤީނުން ވެސް ތިބާއަށް ލިބިފައިވީ ވަރަށް މަދު އެއްޗެއް. ނަމަވެސް މިހާރު ތިބާގެ މުއްސަނދިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ. އަދި އަހަރެންނަށް ކުރެވުނު އެންމެހާ މަސައްކަތެއްގައި މާތްރަސްކަލާނގެ ތިބާއަށް ބަރަކާތް ލައްވައިފި! ނަމަވެސް އަހަރެންގެ އަމިއްލަ އާއިލާއަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަމެއް އަހަރެންނަށް ލިބޭނީ ކޮން އިރަކުން؟⁠“


ބިލްހާ ޔަޢުޤޫބުގެފާނަށް ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހައިފިއެވެ.


ތިޔަ ދެކަނބުލޭގެ ބައްޕައަށް އަހަރެންގެ ހުރިހާ ހަކަތައަކުން އަހަރެން މަސައްކަތް ކޮށްދިންކަން ތިޔަ ދެކަނބުލޭގެއިން ދަންނާނެ.


”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟


ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުން ދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ.


ތިޔަބައިމީހުންގެ ތެރެއިން އަޅު ނޯކަރުންގެ ގޮތުގައި ވީ ފަރާތްތަކުން ސާހިބު މީހާއަށް ފުރިހަމައަށް ގަދަރާއި އިޙްތިރާމް ކުރާށެވެ. އަދި ސާހިބުންގެ އަމުރަށް ކިޔަމަންވާށެވެ. އެއީ ސާހިބުންގެ ފަރާތުން ތިޔަބައިމީހުންނަށް އޯގާތެރިކަމާއި ހަރުކަށިކަން ކުރިމަތި ކުރިޔަސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ