23 އެކަނބުލޭގެ ބަލިވެއިނދެ ދަރިއަކު ވިހެއެވެ. އެ ހިނދު އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ ލަދުވެތިކަން މާތްކަލާނގެ ފިއްލަވައި ދެއްވައިފި.
ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެ ހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ.
ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސްވަނީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ.
އެލިޒަބަތު ބުންޏެވެ. ”އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.“
މި މަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމްގެފާނުގެ އަރިހަށެވެ. އޭރު މަރިޔަމްގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ. މިޔޫސުފަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހެކެވެ.