ފެށުން 30:20 - ކިތާބުލް މުޤައްދަސާ20 އެ ދަރިފުޅަށް ޒަބޫލޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. އަދި މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެ. ”އަހަރެންގެ ފިރިކަލުންނަށް މާތްކަލާނގެ އަހަރެންގެ ފުށުން ހެޔޮ ހަދިޔާއެއް ދެއްވައިފި. މިހާރު އެކަލޭގެފާނު އަހަރެންނަށް އިޙުތިރާމު ކުރާނެ. އަހަރެންގެ ފުށުން އެކަލޭގެފާނަށް ހަ ފިރިހެން ދަރިން ލިބިދެއްވައިފި.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ލައިއަތު ރުޅިވެރި ކަމާއެކު ރައްދު ދިނެވެ. ”އަހަރެންގެ ފިރިކަލުން ޖަހައިގަނެވުނީމާ އެވަރުން ވެސް ނުފުދޭތަ؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅު ގެނެސްދިން ލުއްފާޙު ގަހުގެ މި މޫކޮޅު ވެސް އަތުލައިގަންނަންތަ؟“ ރާޙީލް މިފަދައިން ޖަވާބު ދިނެވެ. ”އެންމެ ރަނގަޅު. އަހަރެންނަށް ލުއްފާޙު ގަހުގެ މޫކޮޅެއް ކަނބުލޭގެ ދީފިނަމަ މިރޭ ޔަޢުޤޫބުގެފާނާއި އެކުގައި ކަނބުލޭގެއަށް އެއްދާން ކުރިޔަ ދޭނަން.“
ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.
ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.