Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 30:16 - ކިތާބުލް މުޤައްދަސާ

16 އެދުވަހުގެ އިރު އޮއްސެމުން އައި ވަގުތު ޔަޢުޤޫބުގެފާނު ދަނޑުން އެނބުރި ގެއަށް ވަޑައިގެންނެވި ހިނދު ލައިއަތު އެކަލޭގެފާނާއި ބޭރުން ބައްދަލު ކުރައްވާ މިފަދައިން ދެންނެވިއެވެ. ”⁠މިރޭ ކަލޭގެފާނު އެއްދާން ކުރައްވަން ޖެހޭނީ އަހަރެންނާއި އެކުގައި! އެއީ އަހަރެންގެ ދަރިފުޅަށް ފެނުނު ލުއްފާޙު ގަހުގެ މުލުން އެކަމުގެ އަގު އަދާކޮށްފައިވާތީ.⁠“ އެހެންވެ ޔަޢުޤޫބުގެފާނު އެކަނބުލޭގެ އާއި އެކުގައި އެރޭ އެއްދާން ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 30:16
3 ပူးပေါင်းရင်းမြစ်များ  

ގޮދަން ކެނޑުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ގޮދަން ދަނޑުގެ ތެރެއިން ލުއްފާޙު ގަސްތަކެއް ހެދިފައިވާތަން ރައޫބައިންއަށް ފެނުނެވެ. އަދި އެގަހުގެ މޫތަކެއް އޭނާގެ މަންމަ ލައިއަތުއަށް ގެނެސް ދިނެވެ. ރާޙީލް އާދޭސް ކުރާ ބީދައިން ރައޫބައިން ގެނެސްދިން އެގަހުގެ މޫތަކުން މޫކޮޅެއް ދިނުމަށް ލައިއަތުއަށް އެދުނެވެ.


ނަމަވެސް ލައިއަތު ރުޅިވެރި ކަމާއެކު ރައްދު ދިނެވެ. ”⁠އަހަރެންގެ ފިރިކަލުން ޖަހައިގަނެވުނީމާ އެވަރުން ވެސް ނުފުދޭތަ؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅު ގެނެސްދިން ލުއްފާޙު ގަހުގެ މި މޫކޮޅު ވެސް އަތުލައިގަންނަންތަ؟⁠“ ރާޙީލް މިފަދައިން ޖަވާބު ދިނެވެ. ”⁠އެންމެ ރަނގަޅު. އަހަރެންނަށް ލުއްފާޙު ގަހުގެ މޫކޮޅެއް ކަނބުލޭގެ ދީފިނަމަ މިރޭ ޔަޢުޤޫބުގެފާނާއި އެކުގައި ކަނބުލޭގެއަށް އެއްދާން ކުރިޔަ ދޭނަން.⁠“


އަދި މާތްކަލާނގެ ލައިއަތުގެ ދުޢާ އައްސަވާވޮޑިގަންނާވައި އިޖާބަކުރެއްވިއެވެ. އެއަށް ފަހު އެކަނބުލޭގެ ބަލިވެއިނދެ ފަސްވަނަ ފިރިހެން ދަރިފުޅު ވިހެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ