ފެށުން 30:14 - ކިތާބުލް މުޤައްދަސާ14 ގޮދަން ކެނޑުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ގޮދަން ދަނޑުގެ ތެރެއިން ލުއްފާޙު ގަސްތަކެއް ހެދިފައިވާތަން ރައޫބައިންއަށް ފެނުނެވެ. އަދި އެގަހުގެ މޫތަކެއް އޭނާގެ މަންމަ ލައިއަތުއަށް ގެނެސް ދިނެވެ. ރާޙީލް އާދޭސް ކުރާ ބީދައިން ރައޫބައިން ގެނެސްދިން އެގަހުގެ މޫތަކުން މޫކޮޅެއް ދިނުމަށް ލައިއަތުއަށް އެދުނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ލައިއަތު ރުޅިވެރި ކަމާއެކު ރައްދު ދިނެވެ. ”އަހަރެންގެ ފިރިކަލުން ޖަހައިގަނެވުނީމާ އެވަރުން ވެސް ނުފުދޭތަ؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅު ގެނެސްދިން ލުއްފާޙު ގަހުގެ މި މޫކޮޅު ވެސް އަތުލައިގަންނަންތަ؟“ ރާޙީލް މިފަދައިން ޖަވާބު ދިނެވެ. ”އެންމެ ރަނގަޅު. އަހަރެންނަށް ލުއްފާޙު ގަހުގެ މޫކޮޅެއް ކަނބުލޭގެ ދީފިނަމަ މިރޭ ޔަޢުޤޫބުގެފާނާއި އެކުގައި ކަނބުލޭގެއަށް އެއްދާން ކުރިޔަ ދޭނަން.“
އެދުވަހުގެ އިރު އޮއްސެމުން އައި ވަގުތު ޔަޢުޤޫބުގެފާނު ދަނޑުން އެނބުރި ގެއަށް ވަޑައިގެންނެވި ހިނދު ލައިއަތު އެކަލޭގެފާނާއި ބޭރުން ބައްދަލު ކުރައްވާ މިފަދައިން ދެންނެވިއެވެ. ”މިރޭ ކަލޭގެފާނު އެއްދާން ކުރައްވަން ޖެހޭނީ އަހަރެންނާއި އެކުގައި! އެއީ އަހަރެންގެ ދަރިފުޅަށް ފެނުނު ލުއްފާޙު ގަހުގެ މުލުން އެކަމުގެ އަގު އަދާކޮށްފައިވާތީ.“ އެހެންވެ ޔަޢުޤޫބުގެފާނު އެކަނބުލޭގެ އާއި އެކުގައި އެރޭ އެއްދާން ކުރެއްވިއެވެ.