7 އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.
މި ހިނދު ފިރިހެނާ އާއި އަންހެނާ ވަނީ އޮރިޔާން ޙާލުގައި ޢައުރަ ކަޝްފު ވެގެންނެވެ. އެހެނަސް އެދެމީހުންކުރެ އެކަކަށް ވެސް އެކަމާ މެދަކު ލަދުވެތި ވުމުގެ އިޙުސާސެއް ކުރެވިފައެއް ނުވެއެވެ.
މާތްކަލާނގެ އެހެން ވަޙީކުރެއްވީ އެއީ އެގަހުގެ މޭވާ ތިޔަބައިމީހުން ކައިފިނަމަ ތިޔަބައިމީހުންގެ ލޯތައްހުޅުވި ކަންތައްތައް އެނގޭނޭތީ. އަދި އެގަހުގެ މޭވާ ކެއުމުން ތިޔަބައިމީހުންނަށް ހެވާއި ނުބައި ވަކިވެ ތިޔަބައިމީހުން އެކަލާނގެ އާއި އެއްފަދަ ވެދާނެކަން އެކަލާނގެ ދެނެވޮޑިގެންވާތީ.“
މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް.