ފެށުން 3:24 - ކިތާބުލް މުޤައްދަސާ24 އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ. အခန်းကိုကြည့်ပါ။ |
އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“
ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.