Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 3:23 - ކިތާބުލް މުޤައްދަސާ

23 ދެން ޢަދަންގެ ބަގީޗާއިން މަތިވެރިރަސްކަލާނގެ އެމީހުން ބޭރުކޮށްލައްވައިފިއެވެ. އެބިމަކުން އާދަމްގެފާނު އުފެއްދެވި ބިމަށް ބުރަމަސައްކަތުން ކާބޯތަކެތި ހައްދައިގެން ކައިއުޅުމަށް ފޮނުއްވާލައްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 3:23
10 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.


މަތިވެރިރަސްކަލާނގެ އިރުމަތީގައި ޢަދަނޭ ކިޔާ ރަށެއްގައި ބަގީޗާއެއް ހެއްދެވިއެވެ. އަދި އެކަލާނގެ ހެއްދެވި އިންސާނާ އެބަގީޗާގެ ތެރޭގައި ލެއްވިއެވެ.


ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.⁠“


ދެން މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެމެންނާއި އެއްފަދައިން މިހާރު އިންސާނުންނަށް ވެސް ހެވާއިނުބައި ވަކިކުރުމުގެ ބާރު ލިބިގެންވޭ. ވީމާ ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް އެމީހުން ދިޔަދިނުމަކީ ރަނގަޅު ކަމެއް ނޫން. އޭރުން އެމީހުން އެގަހުން މޭވާ ކައިގެން އަބަދުގެއަބަދަށް ދިރިތިބެފާނެ.⁠“


އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.


ކަލޭ ދަނޑު ހައްދަން އުޅުނަސް ކަލެއަކަށް އެ ބިމަކުން ފައިދާއެއް ނުލިބޭނެ. ކަލޭ ވާނީ ގެދޮރުނެތި އެތަންމިތަނުގައި ލާހޫރޭ މީހަކަށް.⁠“


އެއަށް ފަހު ވެސް ޙައްވާގެފާނަށް އިތުރު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ހާބީލްގެ ނަމުން ނަންދެއްވިއެވެ. މިދެބޭން ބޮޑުވުމަށް ފަހު ހާބީލް ކުރަންފެށި މަސައްކަތަކީ ކަންބަޅިބަކަރި ބެލެހެއްޓުމެވެ. ޤާޔީން ކުރަނީ ދަނޑުވެރިކަމެވެ.


ނޫޙުގެފާނު ދަނޑުވެރިކަން ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މޭބިސްކަދުރު ދަނޑެއް ހެއްދެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ