21 މަތިވެރިރަސްކަލާނގެ ޖަނަވާރުގެ ހަމުން އަންނައުނު ހައްދަވައި އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ހަށިކޮޅުގައި ލެއްވިއެވެ.
އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙައްވާއޭ ކިޔާ ނަންދެއްވިއެވެ. އެއީ ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މައިކަނބަލުން ކަމަށް ވާނެތީއެވެ.
ދެން މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެމެންނާއި އެއްފަދައިން މިހާރު އިންސާނުންނަށް ވެސް ހެވާއިނުބައި ވަކިކުރުމުގެ ބާރު ލިބިގެންވޭ. ވީމާ ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް އެމީހުން ދިޔަދިނުމަކީ ރަނގަޅު ކަމެއް ނޫން. އޭރުން އެމީހުން އެގަހުން މޭވާ ކައިގެން އަބަދުގެއަބަދަށް ދިރިތިބެފާނެ.“
އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.