Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 3:20 - ކިތާބުލް މުޤައްދަސާ

20 އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙައްވާއޭ ކިޔާ ނަންދެއްވިއެވެ. އެއީ ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މައިކަނބަލުން ކަމަށް ވާނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 3:20
14 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


މިގޮތުގެމަތިން އިންސާނާ ދުނިޔޭގައި ވާހާ ޖަނަވާރަކަށާއި ދޫނިސޫފާސޫތްޕަކަށް ނަންދިނެވެ. ނަމަވެސް އެހުރިހާ އެއްޗެއްގެ ތެރެއަކުން ވެސް އިންސާނާއާއި ގުޅޭނެކަހަލަ އެކުވެރި ބައިވެރިޔަކު ނުލިބުނެވެ.


އިންސާނާ ބުންޏެވެ: ”⁠މިއީ އަހަރެންގެ ކައްޓާއި އަހަރެންގެ މަސް އެކުލެވިގެން އުފައްދަވާފައިވާ މީހެއް. މީނާގެ ނަމަކަށް އަހަރެން ކިޔާނީ ’⁠އަންހެނާ⁠‘. އެހެނީ އޭނާ ހެއްދެވިފައި އެވަނީ، ފިރިހެނާގެ ހަށިގަނޑުގެ ބަޔަކުން.⁠“


މަތިވެރިރަސްކަލާނގެ ޖަނަވާރުގެ ހަމުން އަންނައުނު ހައްދަވައި އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ހަށިކޮޅުގައި ލެއްވިއެވެ.


ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ.


އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.⁠“


ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“


އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ.


ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ