2 އަންހެނާ ހަރުފައަށް ބުންޏެވެ. ”މިބަގީޗާގައިވާ ހުރިހާ ގަހަކުން މޭވާ ކެއުމުގެ ހުއްދަ މާތްރަސްކަލާނގެ އަހަރެމެންނަށް ވަނީ ދެއްވާފައި.
އެއަށް ފަހު މަތިވެރިރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވިއެވެ. ”މިބަގީޗާގައިވާ ހުރިހާގަހެއްގައި އަޅާތަކެތި ކެއުމުގެ ހުއްދަ ތިބާއަށް ދީފިން.
ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!“
އެހެނަސް މިބަގީޗާގެ މެދުގައި އެހެރަ ގަހުގެ މޭވާ ނުކެއުމަށް އަމުރުކުރެއްވި. އަދި އެގަހުގައި އަތްލިޔަސް އަހަރެމެން މަރުވާނެ ކަމުގައި ވެސް ވަޙީކުރެއްވި.“