18 ކަލޭ ކާން ޖެހޭނީ ދަނޑުގައި ހެދޭގަސްތަކުން ލިބޭ ގޮވާންތައް. އެކަމަކު އެބިމުން ކަށިގަސްތަކާ އަދި ކަށިވިނަތައް ވެސް ފަޅާނެ.
ފިރިހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ކަލޭގެ އަންހެނުންގެ ބަހަށް ތިމަންކަލާނގެ މަނާކުރައްވާފައިވާ ގަހުން މޭވާ ކައިފީމު. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ ބިމަށް ނުބަޔާއި ބަދުކަން އަތުވެއްޖެ. މީގެފަހުން ކަލޭގެ މުޅި ޙަޔާތުގައި ވެސް ކަލޭ ކައިބޮއި ހެދުމަށްޓަކައި ބުރަމަސައްކަތް ކުރަންޖެހޭނެ.
ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.“
ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ.
އެތަން ވަނީ ކަށިގަސްތަކާއި ވިނަގަސްތައް ހެދި ވަލަކަށްވެފައެވެ. އެދަނޑުވަނީ ފާރު ވެއްޓި ވީރާނާވެފައެވެ.
އަނެއްބައި އޮށްތައް ކަށި ގަސްތަކުގެ ތެރެއަށް އެޅި ގަސް ފަޅަމުން ދިޔަ. ނަމަވެސް މި ކަށިގަސްތަކުގެ ސަބަބުން އެ ގަސްތައް ހެދި ބޮޑުވުމަކަށް ތަނެއް ނުދިން.
އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.