ފެށުން 3:17 - ކިތާބުލް މުޤައްދަސާ17 ފިރިހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ކަލޭގެ އަންހެނުންގެ ބަހަށް ތިމަންކަލާނގެ މަނާކުރައްވާފައިވާ ގަހުން މޭވާ ކައިފީމު. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ ބިމަށް ނުބަޔާއި ބަދުކަން އަތުވެއްޖެ. މީގެފަހުން ކަލޭގެ މުޅި ޙަޔާތުގައި ވެސް ކަލޭ ކައިބޮއި ހެދުމަށްޓަކައި ބުރަމަސައްކަތް ކުރަންޖެހޭނެ. အခန်းကိုကြည့်ပါ။ |
އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.
އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.
މި ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ’ނުބައި ނުލަފާ ނޯކަރާއޭ. އަހަރެން ކަލެއާއި މެދު އިންސާފު ކުރާނީ ކަލޭގެ އަމިއްލަ ބަސްތަކާއި އެއްގޮތަށޭ. އަހަންނަކީ ހަރުކަށި މީހެއްކަމަށް ކަލޭ ގަބޫލު ކުރަން ދޯއޭ؟ އަދި އަހަރެންނަކީ އަހަރެންނަށް ޙައްޤު ނޫން ތަކެތި މީހުންގެ އަތުން އަތުލާ މީހެއްމަށް ވެސް ކަލޭ ދެކެން ދޯއޭ؟ އަދި އަހަންނަކީ އަހަރެން ގޮވާން ނުކުރާ ދަނޑުތަކުން ގޮވާން ވެސް ކަނޑާ މީހެއް ކަމުގައި ކަލޭ ގަބޫލު ކުރަން ދޯއޭ؟
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“