Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 3:16 - ކިތާބުލް މުޤައްދަސާ

16 އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 3:16
30 ပူးပေါင်းရင်းမြစ်များ  

ކަލޭ ވެސް ރަނގަޅަށް ކަންތައް ކުރަނީ ނަމަ ތިމަންކަލާނގެ ކަލެއާ ދޭތެރޭ ވެސް ރުހިވޮޑި ނުގަންނަވާ ނަމުތަ؟ ނަމަވެސް ކަލޭ ރަނގަޅަށް ކަންތައްތައް ނުކުރަނީ ނަމަ ކަލޭގެ ގޭގެ ދޮރުމަތީގައި ވެސް މިނިކާ ވަގެއް ފަދައިން ފާފަ އޮންނާނެ. އޭގެ ބޭނުމަކީ ކަލެއަށް ޙަމަލާދީ ކަލޭ އަތުލައިގަތުން. ކަލޭ ޖެހޭނީ އެއަށް ވުރެ ގަދަ ވާން.⁠“


ވިހަން ބަނޑުގައި ރިއްސާ އަންހެނަކު ވެސް ވާނީ ވަރަށް ބޮޑު ތަދަކާއި ކެކުޅުމެއްގައި. ނަމަވެސް ވިހެއުމުން އެހުރިހާ ކަމެއް ހަނދާންނެތި އުފާވެ ހިތްހަމަ ޖެހިދާނެ. އެއީ އޭނާއަށް ކުއްޖަކު ދުނިޔެއަށް ގެނެވުނުކަމުގެ އުފަލުގައި.


އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ.


އެކަމަކު އެކަނބަލުން ދަރިމައިވުމުން ފާފައިން ސަލާމަތް ކޮށްދެއްވައެވެ. އެހެނަސް އެއީ އީމާންތެރިކަމާއި ލޯތްބާއި ސާލިޙުކަމާއެކު ބޮޑާކަމެއް ނެތި ދުނިޔެ ވޭތުކުރާނަމައެވެ.


ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ