13 މަތިވެރިރަސްކަލާނގެ އަންހެނާއަށް ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަކުރީ ކޮންފަދަ ކަމެއް؟“ އަންހެނާ ބުންޏެވެ. ”އެ ހަރުފަ މިއަޅާއަށް އޮޅުވާލީމާ މިއަޅާ އެމޭވާ ކެއީ.“
ދެން ރަސްގެފާނު އަބްރާމް ގަނޑުވަރަށް ގެނެސް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”އަބްރާމް! ކަލޭ އަހަރެންނަށް އޮޅުވާލީ ކީއްވެ؟ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމުގައި ކުރިން އަހަރެން ގާތު ނުބުނީ ކީއްވެ؟
ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ކޮންފަދަ ކަމެއް؟ އަހަރެން ކަހަލަ ފާލުބަލާ މީހަކަށް އެކަހަލަ ސިއްރެއް ދެނެގަނެވިދާނެކަން ކަލޭމެންނަކަށް ނޭނގޭތަ؟“
ޔުއާބު ދާއޫދުގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ. ”ތިޔަ ކުރެއްވީ ކީއްތޯ؟ އަބްނައިރު ކަލޭގެފާނުގެ ކައިރިއަށް އައީމާ ކަލޭގެފާނު އޭނާ ސަލާމަތުން ފޮނުއްވާ ލެއްވީ ކީއްވެތޯ؟ މިހާރު އޭނާ ގޮސް ނިމިއްޖެ!
އެކަލޭގެފާނު އެއުޅުއްވަނީ މާތްރަސްކަލާނގެއަށް ފިއްލަވަންކަން އެކަލޭގެފާނުގެ ބަސްފުޅުން އެމީހުންނަށް އެނގުމުން އެމީހުން ގަތީ އަމަށަކު ބިރެއް ނޫނެވެ. ”ތިޔަވަރުގެ ކަމެއް ކަލޭ ތިޔަކުރީ ކީއްވެތަ؟“ އެމީހުން ބުންޏެވެ.
ޕިލާތުސް ބުންޏެވެ. ”އަހަރެން މިއީ ބަނީއިސްރާއީލު މީހެއް ނޫންކަން ކަލެއަށް ވެސް އެނގެއެންނު؟ ކަލޭގެ އަހަރެންގެ ކައިރިއަށް ގެނައީ ކަލޭގެ އަމިއްލަ މީހުންނާއި ބޮޑު އިމާމުން. ކަލޭ ކުރި ކަމެއް ބުނެބަލަ!“
ޞަމޫއީލްގެފާނު އެއްސެވިއެވެ. ”ކަލޭގެފާނު ތިޔަ ހެއްދެވީ ކިހިނެއް؟“ ޝާއުލްގެފާނު ދެންނެވިއެވެ. ”އަޅުގަނޑު ދޫކޮށް ހުރިހާ ހަނގުރާމަވެރިން ދާން ފަށައިފި. ކަލޭގެފާނު ވެސް ހަތް ދުވަސް ވީއިރު ވެސް ވަޑައެއް ނުގެންނެވި. ފިލިސްޠީނުން މިޚްމާސްއަށް ޖަމާވަމުން ދާން ފަށައިފި.
”އެއީ ސިފައިން ޢަމާލިޤީނުން ގެނައި އެއްޗެހި ތަކެއް. އެމީހުން ސިއްޙަތު ރަނގަޅު އެއްޗެހި ނުމަރައި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް. އެހެން ހުރިހާ އެއްޗެއް އެމީހުން ނައްތާލައިފި.“