10 އޭނާ ބުންޏެވެ. ”އިނބަރަސްކަލާނގެ މިބަގީޗާގެ ތެރޭގައި ހިންގަވައި ވޮޑިގަންނަވާ އަޑު މި އަޅާއަށް އިވިގެން ބިރުން ފިލާ މިހިރީ. އެއީ މިއަޅާ މިހިރީ އޮރިޔާން ޙާލުގައި ކަމަށް ވާތީ.“
މި ހިނދު ފިރިހެނާ އާއި އަންހެނާ ވަނީ އޮރިޔާން ޙާލުގައި ޢައުރަ ކަޝްފު ވެގެންނެވެ. އެހެނަސް އެދެމީހުންކުރެ އެކަކަށް ވެސް އެކަމާ މެދަކު ލަދުވެތި ވުމުގެ އިޙުސާސެއް ކުރެވިފައެއް ނުވެއެވެ.
މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަ ހުރީ އޮރިޔާމުންނޭ ކަލޭ ގާތު ބުނީ ކާކު؟ ތިމަންކަލާނގެ ކަލެއަށް ކެއުން މަނާ ކުރެއްވި ގަހުން ކަލޭ މޭވާ ކެއީތަ؟“
އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.
ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.
އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!“
އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.
ހާރޫނުގެފާނު އެމީހުން މަގުފުރައްދަވައި މޮޔަ ހައްދަވައިފިކަން މޫސާގެފާނަށް ފެނި ވަޑައިގަތެވެ. އަދި އެމީހުންގެ ދުޝްމިނުން އެމީހުންނަކީ ތާކުން ތާކު ނުޖެހޭ ބައެއް ކަމަށް ދެކޭނެ އަމަލުތައް ކުރިޔަ ދީފި ކަން މޫސާގެފާނަށް އެނގިވަޑައިގަތެވެ.
އަދި އަހަރެމެންގެ ޒަމީރު އަހަރެމެން ކުށްވެރި ކުރާނަމަ އެޒަމީރަށް ވުރެން މާތްރަސްކަލާނގެ މާ މަތިވެރިކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެއީ އެންމެހާ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ކަން ވެސް އަހަރެމެންނަށް އެނގެއެވެ.
”ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!“