Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:8 - ކިތާބުލް މުޤައްދަސާ

8 ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠ދެންތިބި ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތައް ގެނެސް ޖަމާކުރަންދެން އަހަރެމެން މަޑުކުރަންޖެހޭ. އެއީ ވަޅުމަތީގައިވާ ހިލަ ފުރޮޅާލެވުމުގެ ކުޅަދާނަކަމެއް ލިބެނީ އަހަރެމެން އެންމެން އެއްތަން ވުމުން. އޭގެ ފަހުން އަހަރެމެންގެ ޖަނަވާރުތަކަށް ފެންދެވޭނީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:8
8 ပူးပေါင်းရင်းမြစ်များ  

ހުރިހާ ކަންބަޅިތައް އެތަނަށް ޖަމާވުމުން ވަޅުގެ އަނގަ މަތީގައިވާ ހިލަ ބަކަރިގޮވިން އެއްފަރާތްކޮށް ކަންބަޅިތަކަށް ފެންދެއެވެ. އަދި ހުރިހާ ކަންބަޅިތަކަށް ފެންދިނުމަށް ފަހު އިހުނެކޭ އެއްގޮތަށް ވަޅުގެ އަނގަމަތީގައި އެމީހުން އެހިލަ ބާއްވައެވެ.


އެބައިމީހުންނަށް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ބަލާބަލަ، މި ވަގުތަކީ ދުވާލުގެ މެންދުރުގެ ވަގުތު. މި ވަގުތަކީ ކަންބަޅިތައް ރޭގަނޑަށް އެއްތަން ކުރުމަށް ކަމުދާ ވަގުތެއް ނޫން. އެހެންވީމާ، އެތަކެއްޗަށް ފެންދީ. އަދި އެތަކެތި ވިނަކެއުމަށް ހުއިދަނޑުގެ ތެރެއަށް ދޫކޮށްލާ.⁠“


ޔަޢުޤޫބުގެފާނު އެބައިމީހުންނާއި ވާހަކަ ދައްކަން ހުންނަވަނިކޮށް ރާޙީލް އޭނާގެ ބައްޕަގެ ކަންބަޅިތަކާއިގެން އެތަނަށް އައެވެ. އެހެނީ ކަންބަޅިތައް ބެލެހެއްޓުމަކީ އޭނާ އާއި ޙަވާލުވެފައިވާ މަސައްކަތެވެ.


އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް.


ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުންނަށް ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ.


މިބައިމީހުން ދިޔަ މަގުމަތީގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ޒިޔާރަތުގެ ދޮރުމަތީގައި ވީ ހިލަ އަހަރެމެންނަށް ދުރުކޮށްދޭނީ ކާކު؟⁠“ (މި ހިލައަކީ ވަރަށް ބޮޑު ހިލައެކެވެ.) ދެން މި އަންހެނުންތައް ޒިޔާރަތުގެ ދޮރާ ދިމާލަށް ބަލާލި ހިނދު އެ ހިލަ އެއްފަރާތް ކޮށްފައިވީތަން ފެނުނެވެ.


މިމީހުން އެހޮހަޅަ ހުރި ހިސާބަށް ދިޔައިރު އެތާގެ އަނގަމަތީ ހުރަސް ކުރެވިފައިވާ ބޮޑު މާ ސިންގާ ހިލަ ވަނީ އެއްފަރާތަކަށް ފުރޮޅާ ލެވިފައެވެ.


އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”⁠މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ